މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

އިޢުލާނު

ޕަބްލިކް-ޕްރައިވެޓް-ޕާރޓްނަޝިޕްގެ ދަށުން މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން މީހުން ބިނާކުރުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި، މިމިނިސްޓްރީގެ ޕީ.އެސް.އައި.ޕީގެ ތެރޭގައި ހިމެނޭ ސްޓޭޓް-އޮފް-ދަ-އާރޓް ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖުތައް ހިންގުމަށް މިނިސްޓްރީއިން ކަނޑައެޅާފައިވާ މޮޑެލްއާއި އެއްގޮތަށް 8 މަރުކަޒެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ކުރަންޖެހޭ އެއްމެހާ އިދާރީ މަސައްކަތްތައްކުރުމަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމު:

ޕްރޮޖެކްޓް މެނޭޖަރ

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

 

މުސާރަ:

-/ 30,000ރުފިޔާ އާއި -/35,000 ރުފިޔާ އާ ދެމެދު.

 

އެހެނިހެން އެލަވަންސް:

  1. ސަރުކާރުން ކަނޑައަޅާ އުސޫލަކުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ.
  2. ދަތުރު ކުރަން ޖެހޭނަމަ، ސަރުކާރުން ހަމަޖައްސާފައި އުސޫލުން ދަތުރު ޚަރަދު.

 

އެހެނިހެން ޢިނާޔަތްތައް:

  1. ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މުސާރައިން ކަނޑާ ވަކި މިންވަރެއް ފެންޝަން ފަންޑަށް ޖަމާކުރެވެމުން ދާނެއެވެ.
  2. އަހަރެއްގެ މައްޗަށް މަސައްކަތު 30 (ތިރީސް) ދުވަހުގެ ޗުއްޓީ މުސާރަ ލިބޭ ގޮތަށް ލިބޭނެއެވެ.
  3. އަހަރެއްގެ މައްޗަށް 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ. (ސަލާމުގެ ޗުއްޓީ ނެގޭނީ ތިމާ ބަލިވެގެންނެވެ. މި ގޮތުން ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކު އެކަން ސުޕަރވިޒަރަށް އަންގަންވާނެއެވެ. ޖެހިޖެހިގެން 2 ދުވަހަށްވުރެން ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރެއްޖެ ނަމަ، ލައިސަންސް ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިއަކު އެ މުއްދަތަށް ދޫކޮށްފައިވާ ސަލާމުގެ ސެޓްފިކެޓެއް، މުސާރަ ދޭ ދުވަސް އައުމުގެ ކުރިން ހުށަހަޅަން ވާނެއެވެ.
  4. އާއިލާއަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އަދާކުރަންޖެހިއްޖެނަމަ އަހަރެއްގެ މައްޗަށް 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ.
  5. ނަންބަރު 2، 3، 4 ގައިވާ ޗުއްޓީތަކުގެ އިތުރު ދުވަހެއްގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ނުލިބޭނެއެވެ. މުސާރަ ނުލިބޭ ގޮތަށް 30 (ތިރީސް) ދުވަހަށްވުރެން އިތުރަށް ޗުއްޓީގައި ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކުރުމަށްޓަކައި މި މަސައްކަތާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކާ ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި، ޕްރޮޖެކްޓްތަކުގެ މަޤްސަދުތައް ކުރިއަރުވައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮޖެކްޓްތައް ނިންމުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުން.
  2. ޕްރޮޖެކްޓް ހިންގުމުގެ ޕްލޭން ރޭވުމާއެކު، ޕްރޮޖެކްޓްތަށް ކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލުން.
  3. ޕްރޮޖެކްޓްގެ ވަކިވަކި މަސައްކަތްތަކަށް ވަސީލަތްތައް ކަނޑައަޅާނެގޮތް ރޭވުން.
  4. ޕްރޮޖެކްޓާ ގުޅިގެން ހޯދަންޖެހޭ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުން ހޯދުމަށް އިއުލާންކުރުމާއި، އެފަރާތްތަކުން މަސައްކަތް ކުރާގޮތް ބެލުމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުން.
  5. ޕްރޮޖެކްޓް މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓްކުރާނެގޮތުގެ ފްރޭމްވޯކެއް އެކުލަވާލައި، ޕްރޮޖެކްޓްގެ ޕްލޭނާ އެއްގޮތަށް ލަނޑުދަނޑިތައް ހާސިލުވަމުންދާކަން ކަށަވަރުކުރުން.
  6. ޕްރޮޖެކްޓްގެ މަސައްކަތްތަށް ކުރިއަށްދާ ގޮތުގެ ޕްރޮގްރެސް ރިޕޯޓު މަހަކު އެއްފަހަރު ތައްޔާރުކުރުން.
  7. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކުރަން ހަމަޖެހިފައިވާ ރަށްރަށުގައި މި މަސައްކަތާއި ގުޅޭ ސްޓޭކްހޯލްޑަރ ވޯރކްޝޮޕްތައް ބޭއްވުމާއި، އާއްމުންނަށް އިންތިޒާމުކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބޭއްވުން.
  8. ޖޫނިއަރ ކޮލެޖް، ސްޓޭޓް-އޮފް-ދަ-އާރޓް ޓިވެޓް ސެންޓަރަކީ ރާއްޖޭގައި އަލަށް ގާއިމުކުރެވޭ މަރުކަޒުތައްކަމުން، މި މަރުކަޒުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ގައުމީ ފެންވަރުގެ މީޑިއާ ކެމްޕެއިނެއް އެކުލަވާލާ ތަންފީޒުކުރުން.
  9. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކުރުމަށްޓަކައި އެ މަރުކަޒުތައް ގާއިމުކުރާ ރަށްރަށުގައި، މިކަމަށް ކަނޑައަޅާފައިވާ ބިން ބޭނުންކުރުމަށް ކުރަންޖެހޭ އެއްމެހާ އިދާރީ މަސައްކަތްތައްކުރުން.
  10. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކުރުމަށް އާއްމުކޮށް އިއުލާންކުރުމަށް ކުރަންޖެހޭ އެއްމެހާ އިދާރީ މަސައްކަތްތައްކުރުން.
  11. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކުރުމަށް ކުރަންޖެހޭ މަަސައްކަތްތައްކުރުން.
  12. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކުރެވޭ ފަރާތަކުގެ މަސައްކަތް މޮނިޓަރކޮށް، ޕްރޮޖެކްޓްގެ މަގްސަދު ހާސިލުވާނެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތައްކުރުން.
  13. ޖޫނިއަރ ކޮލެޖާއި ޓިވެޓް ސެންޓަރުތައް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން  ހިންގުމަށް އެންމެ އެކަށީގެންވާ މިންގަނޑުތަކާއި ދާއިރާތައް ކަށަވަރުކުރުމަށާއި، މި ވަސީލަތްތައް ގާއިމުކުރުމަށްޓަކައި އެކަމާގުޅޭ ދިރާސާތައް ކުރުން.
  14. އަދާކުރަން ޖެހޭ މަސްއޫލިއްޔަތާގުޅިގެން، ރަށްރަށަށް ކުރަން ޖެހޭ ދަތުރުތައް ކުރުން.
  15. ޕްރޮޖެކްޓާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިސްކް އެސެސްމަންޓް ޕްލާނާއި ރިސްކް މިޓިގޭޝަން ޕްލާން ތައްޔާރު ކުރުން.
  16. ޕްރޮޖެކްޓްގެ ތެރޭގައި ފައިސާ ހޭދަކުރެވޭ ގޮތްތައް މޮނިޓަރކޮށް ފައިސާގެ މުއާމަލާތްތައް މިނިސްޓްރީގެ ބަޖަޓް ސެކްޝަނާއި ކަމާގުޅުން ހުރި އެހެނިހެން ސެކްޝަން/ޑިޕާރޓްމަންޓްތަކާ ކުރުން.
  17. ޕްރޮޖެކްޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިތުރު ކަންކަން ކުރުން.

 

ރިޕޯޓްކުރުން

  1. ޕްރޮޖެކްޓް މެނޭޖަރ ވަޒީފާގެ މުއްދަތުގައި، ކަމާގުޅޭ ގޮތުން ރިޕޯރޓް ކުރާނީ ޑެޕިއުޓީ މިނިސްޓަރަށް ނުވަތަ މިނިސްޓްރީން ހަމަޖައްސާ ފަރާތަކަށެވެ.
  2. ޕްރޮޖެކްޓްގެ މަސައްކަތާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް، ކަމާބެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަމުން ގެންދެވޭކަން ޕްރޮޖެކްޓް މެނޭޖަރ ކަށަވަރުކުރަންވާނެއެވެ.
  3. ޕްރޮޖެކްޓް މެނޭޖަރ އާންމުކޮށް މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތަކީ ރަސްމީ ދުވަސްދުވަހުގެ 08:00 ން 16:00 އަށެވެ.
  4. ދަތުރެއްގައި އުޅޭއިރު އެ ދަތުރެއްގައި ކުރަން ކަނޑައެޅުނު މަސައްކަތެއް ކޮށް ނިންމުމަށް ވަގުތު ހޭދަކުރަންވާނެއެވެ.
  5. ޕްރޮޖެކްޓް މެނޭޖަރގެ ރަސްމީ ގަޑީގެ ހެދުމަކީ، ސަރުކާރުގެ ރަސްމީ ހެދުމެވެ.

 

މަޤާމުގެ ޝަރުޠުތައް:

ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭކަން ބަޔާން ކުރާ ސިޓީއެއް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ، މަތީތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ކަމުގައި ވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓްގެ ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތެއްގައި، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ ރާއްޖޭގެ މަތީތަޢްލީމު ދޭ މަރުކަޒަކުން ކަމުގައި ވާނަމަ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
  2. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކާއި ޕޮއިންޓް ލިބޭނެގޮތް:

ހ. ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

30 ޕޮއިންޓް

ށ. ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކާއި އެކިއެކި ފަންޑިންގ އޭޖެންސީތަކުގެ އެހީގައި ހިންގި މިފަދަ ޕްރޮޖެކްޓްތަކުގައި، ނުވަތަ އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ.

20 ޕޮއިންޓް

ނ. ވަޒީފާއާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ލެވެލް 9ގެ ސެޓްފިކެޓް.

20 ޕޮއިންޓް

ޅ. ދައުލަތުގެ ޕްރޮކިޔުމަންޓާ ގުޅުން ހުރި ތަޖްރިބާއާއި، ހިންގުންތެރިކަމުގެ ތަޖްރިބާ

5 ޕޮއިންޓް

ރ. ވަޒީފާއާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ލެވެލް 7ގެ ސެޓްފިކެޓް.

15 ޕޮއިންޓް

މަތީގައިވާ ގޮތަށް ޕޮއިންޓް ދިނުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ 3 ފަރާތެއް އިންޓަރވިއުކުރެވޭއެވެ.

ބ. އިންޓަވިއު/ ޓެސްޓް

 

10 ޕޮއިންޓް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް ޝައުޤުވެރިވާ ފަރާތް ތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި ސުންގަޑި ހަމަވުމުގެ ކުރިން މި މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ސަރުކާރުން ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުވާނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

އިންޓަވިއު/ ޓެސްޓް  އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 21 - 24 ޖަނަވަރީ 2021އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

07 ޖަނަވަރީ 2021
ހޯދާ