ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

 

މަޤާމް: ސީނިއަރ އޮފިސަރ 

ޑިޕާޓްމަންޓް: ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

 

1-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

3-       މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       މުވައްޒަފުންގެ އެޓެންޑެންސް ބެލެހެއްޓުމާއި އެކު މަހުން މަހަށް ބޭނުންވާ އެޓެންޑަންސް ރިޕޯޓު ތައްޔާރުކުރުން

2-       ސްޓާފް އައިޑީ ކާޑު އަދި އެހެނިހެން ވަގުތީ މުވައްޒަފުންގެ ކާޑުތަކުގެ މަސައްކަތާއި ފިންގަރ ޕްރިންޓް މަސައްކަތް ކުރުން

3-       ހޮސްޕިޓަލްގެ އެކި ދާއިރާތަކަށް މަޤާމް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސްގެ އުސޫލާއި އެއްގޮތަށް ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓްކުރުން. އަދި މަޤާމެއް ހުސްވުމުން ބަދަލުގައި މުވައްޒަފަކު ނެގުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ބަނޑޭރީ ޕޯޓަލް މެދުވެރިކޮށް ކުރުން

4-       ހޮސްޕިޓަލަށް އަލަށްވަންނަ މުވައްޒަފުންނާއި ވަޒީފާ ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް މުސާރަ ތައްޔާރުކުރުމަށްޓަކައި ގެންނަން ޖެހޭ އެންމެހައި ބަދަލުތަށް މިނިސްޓްރީ އޮފް ފައިނޭންސްގެ އުސޫލާއި އެއްގޮތަށް ކުރިޔަށް ގެންދިއުން

5-       މަހުން މަހަށް މުސާރަ ތައްޔާރުކޮށް ސެޕް ސިސްޓަމަށް އެޅުމަށްފަހު މުސާރަ ޕްރޮސެސްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން

6-       މޯލްޑިވްސް އިންލޭންޑް  ރެވެނިއު އޮތޯރިޓީގެ އިންކަމް ޓެކްސްގެ ޤާނޫނުގެ ދަށުން މުވައްޒަފުންގެ ވިތްހޯލްޑް ޓެކްސްގެ އެންމެހައި މަސައްކަތް ފުރިހަމައަށް މަހުން މަހަށް ނިންމުން

7-       މުވައްޒަފުން ސްކީމަށް ނަގާފައިވާ އެއްޗެހިން މުވައްޒަފުންއަތުން މަހުން މަހަށް އުނިކުރާވަރުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މަހުން މަހަށް ފޮނުވުން.

8-       އެޗް.އާރ ސޮފްޓްވެއަރ އަށް ގެންނަންޖެހޭ އަޕްޑޭޓްތަށް ގެނައުމާއި އެއްކޮށް ސޮފްޓްވެއަރ ތެރެއިން ކުރަންޖެހޭ ކަންތައްތަށް މޮނިޓަރ ކުރުން.

9-       ހޮސްޕިޓަލްގެ ވަޒީފާ ހަމަޖެހުމުން އެމުވައްޒަފުންނަށް އެޗް އާރް ސޮފްޓްވެއަރ ލޮގިން ތައްޔާރުކޮށް ، ފިންގަރ ޕްރިންޓް، ޑޯރ އެކްސެސް، އީމެއިލް ކްރިއޭޓް ކުރުމުގެ މަސައްކަތް އައިޓީ ސްޓާފުންނާއި ގުޅިގެން ކުރިއަށް ގެންދިޔުން. އަދި މުވައްޒަފުން ވަކިވުމުން ދީފައިވާ ހުރިހާ އެކްސެސް ކަނޑާލުމުގެ މަސައްކަތް ކުރުން.

 

މުސާރައާއި އިނާޔަތް :

މުސާރަ:               7035.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ރިސްކް އެލަވަންސް:       75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް   :106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

       ކުރިމަތިލުމުގެ ސުންގަޑި: 18 ޖަނަވަރީ 2021 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

 

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134   ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

 

 

07 ޖަނަވަރީ 2021
ހޯދާ