ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

2021 ވަނަ އަހަރު ކުނބުރުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

  1. 2021 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ކުރި IUL)GS-154/2020/06) ނަންބަރު  އިޢުލާނަށް ބީލަން ހުށަހަޅުއްވާފައިވާ ފަރާތުން ހުށަހަޅުއްވާފައިވާ ބީލަންތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ އެ އިޢުލާނު ބާތިލްކޮށް މި މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 06 އިން 2021 ޖަނަވަރީ 11 އަށްބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.  އަދި އިއުލާނުގައިވާ އީ މެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނބުރުދޫ ސްކޫލް

އދ.ކުނބުރުދޫ

ފޯން: 6680842

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

22 ޖުމާދަލްއޫލާ 1442

06 ޖަނަވަރީ 2021
ހޯދާ