މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އައުޓްސޯސް ކޮށްގެން މިއިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 14 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 13:00އަށްމިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2120 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ދިނުމަށް ބައްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މައުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

ސެކިޔުރިޓީ ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް:

  1. އިދާރާގެ ހުރިހާ ޢިމާރާތްތަކާއި އެ ތަންތަނުގައިވާ ހުރިހާ މުދަލާއި ތަކެތި
  2. އިދާރާ ވަށައިގެންވާ މަގުތަކާއި ގޯޅިތައް

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ހުށަހަޅާ ފަރާތުގެ ވަނަވަރު
  2. އަންދާސީ ހިސާބު ފޯމް (ކައުންސިލުން ލިބިވަޑައިގަންނަވާ)
  3. ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ / ކުންފުންޏެއްނަމަ ކުންފުނީގެ ރެޖިސްޓްރީ ކޮޕީ

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2005
ހޯދާ