މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހެދިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިރަށު އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 14 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11:30އަށްމިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2120 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 އަށް އަންދާސީ ހިސާބް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ދިނުމަށް ބައްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މައުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

ސާފުކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

  1. އިންނަމާދޫ ސްކޫލް ފުރަގަހުގައިވާ މަގު ކޮޅު ( ފުޓުބޯޅަ ދަނޑުގެ ދެކުނު ކަންމަތިން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
  2. އިންނަމާދޫ ފުޓުބޯޅަ ދަނޑު ފުރަގަހުގައިވާ މަގު (ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)
  3. ސިނާޢީ ސަރަހައްދަށް ދިއުމަށް އަލަށް ހަދާފައިވާ މަގު (އަލީ ފަރުހާދުއަށް ދޫކޮށްފައިވާ ގެވަޅުން ފެށިގެން މަގު ކޮޅުގެ ނިޔަލަށް)

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ހުށަހަޅާ ފަރާތުގެ ވަނަވަރު
  2. އަންދާސީ ހިސާބު ފޯމް (ކައުންސިލުން ލިބިވަޑައިގަންނަވާ)
  3. ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ / ކުންފުންޏެއްނަމަ ކުންފުނީގެ ރެޖިސްޓްރީ ކޮޕީ

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2005
ހޯދާ