ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ  

މި އިދާރައިގެ ބެލެމުގެ ދަށުގައިވާ ވ.ފުލިދޫ  ކުނިކޮށި 13 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން  12 ޖުލައި 2021 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ކުނިކޮށި ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2021 ޖަނަވަރީ  07 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ. 

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%65

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

 

ކުންފުނި،އަމިއްލަވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީ

%5

އަމިއްލަ ފަރާތް

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- މީރާއިންދޫކުރާ ޓެކްސް ކްލިއަރެންސް ކޮޕީ

ބ- ކުންފުނި/ވިޔަފާރީގެ ޕްރޮފައިލް

ޅ- އަމިއްލަފަރާތް: ކާކުކަންއަންގައިދޭ ލިޔުން އަދި މަސައްކަތުގެ ތަޖުރިބާ (މަސައްކަތު ތަޖުރިބާގެ ލިޔުމުގައި އެ ލިޔުންދޫކުރި ފަރާތުގެ ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                         21 ޖުމާދަލް އޫލާ 1442

                        05 ޖަނަވަރީ 2021

05 ޖަނަވަރީ 2021
ހޯދާ