ގުޅީ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފުމާއިބެހޭ

އިޢުލާން

2021 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި މަދުވެގެން 02 ކޮޓަރީގެ އެޕާޓްމަންޓެއް (އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެ އަދި ކާގެއާއިއެކު (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 13:30 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ގޭގެ ފްލޯ ޗާޓާއި، އިންވެންޓްރީ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީގަޑީގައި 6642512 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުމާދަލްއޫލާ 1442

05 ޖަނަވަރީ 2021
ހޯދާ