މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                      އިޢުލާން ނަންބަރު: IUL)MMPRC-HR/1/2021/1)

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމުގެ ނަން:  މާކެޓިންގ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

 

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 3

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

 ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި

ރ. ޓްރެޑިޝަނަލް، ޑިޖިޓަލް، އަދި ކޮންޓެންޓް މާކެޓިންގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން

ބ. މާކެޓް ރިސަރޗްކޮށް، ޑޭޓަ އެނަލައިސްކުރުމިގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން

ޅ. ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކާ އަދި ޕްރެޒެންޓް ކުރެވޭފަދަ ފަރާތެއްކަމުގައި ވުން

2 - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމަށްޓަކައި ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ އެންމެހާ މައުލޫމާތު އެކުލެވޭގޮތަށް މާކެޓް ރިޕޯރޓް ނިންމަންޖެހޭ މުއްދަތަށް ނިންމުން.
  2. ކޯޕަރޭޝަނުގެ މާކެޓިންގ ޕްލޭން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ޤަވާއިދުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  3. ޙަވާލުކުރެވޭ މާކެޓްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް (ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުން.
  4. ކޯޕަރޭޝަނުގެ ފަރާތުން ބައިވެރިވާ، އެކިއެކި ޕްރޮމޯޝަނަލް ޙަރަކާތްތަކުގެ ރިޕޯރޓްތައް އެ ޙަރަކާތެއްނިމޭތާ 3 ދުވަހުގެ ތެރޭގައި ތައްޔާރުކުރުން.
  5. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، އަހަރު ނިމޭއިރު މީޑިއާ ވެލިޔު ރިޕޯރޓް ތައްޔާރުކުރުން.
  6. ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ، މާކްޓްގައި ހުރި ފުރުސަތުތައް ދެނެގަނެ، ދިމާވާ މައްސަލަތައް ދިރާސާކޮށް، ކޮންމެ 3 މަހުން ރިޕޯރޓް ތައްޔާރުކޮށް، ރަނގަޅުކުރަންހުރި ކަންތައްތައް ފާހަގަކުރުން
  7. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.
  8. ޙަވާލުކުރެވިފައިވާ މާރކެޓްތަކުގައި އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތާއި އަދި އެހެނިހެން ކަންތައްތައް ޕީ.އާރް ގެ ލަފާ ހޯދާ، ސުޕަވައިޒަރގެ ލަފާގެ މަތިން ކުންފުންޏާއި ގުޅިގެން ކުރަމުން ގެންދިއުން.
  9. މާރކެޓްތަކުގެ މާރކެޓް ރިޕޯރޓްތައް ތައްޔާރުކޮށް ދިރާސާކުރުމުގައި މާރކެޓިންގ ޓީމަށް އެހީތެރިވުން.
  10. ޙަވާލުކުރެވޭ މާކެޓްތަކުގެ ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވާ އެޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.
  11. މީޑިއާގައި ރާއްޖެއާބެހޭ އެދެވޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށްޓަކައި އެއިރެއްގައި ހިނގަމުންދާ ނުވަތަ އެންމެ ޝައުގުވެރިކުރުވާ ފަދަ މަޢުޟޫއުތަކާއި ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދާ، ސުޕަވައިޒަރާއި ހިއްސާކޮށް އިނގިރޭސި އަދި ދިވެހި ބަހުން މީޑިއާ ރިލީޒް ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާއި ކަމާގުޅޭ މާކެޓްތަކުގައި ސަރކިއުލޭޓް ކުރުން. އަދި ބޭރުދުނިޔޭގައި ރާއްޖެއަށްލިބޭ ޕޮޒިޓިވް ޕަބްލިސިޓީ އިތުރުކުރުމުގެ ގޮތްތަކާއިބެހޭ ކްރިއޭޓިވް ހިޔާލުތައް ދިނުން.
  12. ޙަވާލުކުރެވުފައިވާ ޕީ.އާރު ފާމުތަކުން ކުރާ މަސައްކަތްތައް އެފަރާތްތަކާއި ހެދިފައިވާ ކޮންޓްރެކްޓް ތަކުގައިވާ ގޮތުގެމަތިން ކުރިއަށްގެންދޭތޯ ބެލުމާއި، ކޮންމެމަހަކު އެފަރާތުން ފޮނުވާ ރިޕޯރޓްތައް ޗެކްކޮށް މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންތައްތަކަށް އަމަލުކުރުމާއި ޕީ.އާރުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިރަށް އެންގުން.
  13. ޙަވާލުކުރެވޭ  މާރކެޓްތަކުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކާއި އެހެނިހެން ޑިޖިޓަލް އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑްކޮށް ރިކޯޑްސް ބެލެހެއްޓުން.
  14. މާރކެޓިންގ ޓީމުގައި ހިމެނޭ މާރކެޓް ތަކުގައި ހިންގާ އެންމެހާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މަސައްކަތް ތަކަށް އެހީތެރިވެ ޑެޑްލައިންތަކަށް ނިންމުން.
  15. ސެކްޝަނާއި ގުޅުންހުރި އެންމެހާ ކަންތައްތަށް ސެކްޝަން އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުން.
  16. ތެދުވެރިކަމާއި، ނަޒާހަތްތެރިކާމައި، ކޯޕަރޭޝަނުގެ އައިޑެންޓީޓީ ހިފެއްޓުމަށް ގުޅިގެން މަސައްކަތްކުރާ މާހަލުއެއް އުފެއްދުމަށް މަސައްކަތްކުރުން
  17. ކޮންމެ އަހަރެއްގެ ބަޖެޓު އަދި އެހެނިހެން ރިޕޯޓުތަކާއި ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރުމަށް ސެކްޝަނުގެ އިސްވެރިޔާއަށް އެހީވެދިނުން.
  18. ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން ނާންނަ ދުވަސްތަކާއި ޗުއްޓީ އަދި ސަލާމުގައި ނުވަތަ ރަސްމީދަތުރު ތަކުގައި ހޭދަކުރާ ދުވަސްތަކުގައި ސުޕަވައިޒަރގެ ލަފާގެދަށުން ޙަވާލުކުރެވޭ އުސޫލަކުން ސެކްޝަނުގެ މަސައްކަތްތައް ކުރުން.
  19. އެކުގައި މަސައްކަތްކުރާ މެމްބަރުން ތަމްރީނުކޮށް ކުރިއެރުވުމަށް، އެހީތެރިވެދިނުން
  20. މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:   13 ޖެނުވަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

04 ޖަނަވަރީ 2021
ހޯދާ