މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެގްޒެކިއުޓިވް ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                                                                                      އިޢުލާން ނަންބަރު:  IUL)MMPRC-HR/1/2021/2)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެގްޒެކެޓިވް ޑިރެކްޓަރ

މުސާރަ (މަހަކު) : -/16,200 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/5,400 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/5,400 ރުފިޔާ މަހަކު

ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ.

މުސާރަ (މަހަކު) : -/15،228 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/5،076 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/5،076 ރުފިޔާ މަހަކު) 

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން 

ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / ޕްރޮކިއޮމަންޓް

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

މީގެ އިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތަކީ:

ހ. ޓީމް ބިލްޑް ކުރުމައީ، ކޯޕަރޭޝަންގެ މަޤުޞަދު ހާސިލްކުރުމަށް މަގުދެއްކުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން

ށ. ކަންކަމާއިމެދު ފުންކޮށް ވިސްނުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ނ. އަމިއްލަ އިސްނެގުމާއި އަދި ކްލައިންޓުންނާއި މުޢާމަލާތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ރ. މައްސަލަ ހައްލުކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން

ބ. ޕްރޮޖެކްޓް މެނޭޖްމެންޓްގެ ހުނަރާއި ޤާބިލުކަން ހުރުން

ޅ. ކަންކަމާއިމެދު މަޝްވަރާކުރުމާއި އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހުރަނާއި ޤާބިލުކަން ހުރުން

ކ. ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކާ އަދި ޕްރެޒެންޓް ކުރެވޭފަދަ ފަރާތެއްކަމުގައި ވުން

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ސެކްޝަންގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިނުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމާއި ތަންފީޒުކުރުން
  2. ޕްރޮކިއޮމަންޓް މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ އެންމެހާ ކަންކަން އެކުލަވާލުމާއި ތަންފީޒުކުރުން
  3. ކޯޕަރޭޝަންގެ މަޤުޞަދު ޙާސިލްކުރުމަށްޓަކައި ޕްރޮކިއޮމަންޓުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ހިންގުން
  4. މިކޯޕަރޭޝަނުން އެކި ފަރާތްތަކާއި އެކު ޤާއިމުކުރާ އެއްބަސްވުންތައް ޤާއިމުކުރުމުގައި  މަޝްވަރާކުރޮށް ޤާއިމުކުރުން
  5. ކޯޕަރޭޝަންގެ ހިންގުމަށް އަންނަ ބަދަލުތަކާއި އެއްގޮތައް ޕްރޮކިއޮމަންޓް ސްޓްރެޓެޖީސްތަކާއި ޕޮލިސީތައް އެކުލަވާލާ ތަންފީޒުކުރުން
  6. ސީނިއަރ މެނޭޖްމެންޓުގެ ލަފައާއި އެއްގޮތައް ކޯޕަރޭޝަންގެ މަޤުސަދު ހާސިލްކުރުމަށް މަސައްކަތް ކުރުން
  7. ޕްރޮކިއޮމަންޓު ދާއިރާއިން ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމާއި އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  8. ޕްރޮކިއޮމަންޓް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކަމާއިއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޮލިސީތަކާއި ޕްރޮސީޖަރތައް އެކުލަވާލުން
  9. ނަޒާހަތްތަރިކަމާއި، އެންމެން ގުޅިގެން މަސައްކަތްތައްކުރާ ވެއްޓެއް ޤާއިމްކުރުން
  10. ސެކްޝަނުގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުން
  11. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ އެފަދަ ޓްރެއިނިންގތައް ރާވާ ހިންގުން
  12. ސެކްޝަނުގެ ޕޮލިސީތަކާއި ޕްރޮސީޖަރތައް އެހެން ޑިޕާރޓްމެންޓްތަކަށް ބުނެދިނުމާއި، އެކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން
  13. މުދަލާއި ޚިދުމަތްތައް ހޯދުމަށް ވެވޭ އެއްބަސްވުންތަކުގެ ރިސްކް މެނޭޖްމެންޓް ތައްޔާރުކުރުން
  14. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ސެކްޝަނުން ނިންމަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން
  15. ސީނިއަރ މެނޭޖްމެންޓަށް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ހިއްސާކުރުން
  16. ސެކްޝަނުގެ އަހަރީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން
  17. އަރް.އެފް.ޕީތައް ޑްރާފްޓްކުރުމާއި ތައްޔާރުކުރުން
  18. ކުންފުނީގެ ފަރާތުން އިޢްލާންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބިޑް އިވެލުއޭޝަން ކޮމިޓީއާއި ހިއްސާކޮށް މަސައްކަތްތަކުގެ ތަފްސީލް މެނޭޖްމެންޓާ ހިއްސާކުރުން.
  19. ކުންފުނީގެ ޕްރޮމޯޝަނަލް މެޓީރިއަލް ސްޓޮކްގެ ކަންތައްތައް ސުޕަވައިޒްކޮށް ބަލަހެއްޓުން
  20. ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެއްދިއުން
  21. ޕްރޮކިއޮމަންޓް ސެކްޝަންގެ އެސް.އޯ.ޕީސް ތައްޔާރުކުރުމާއި، އެސް.އޯ.ޕީތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބަދަލުކޮށް ތަންފީޒުކުރުން
  22. ޕްރޮކިއޮމަންޓް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ނިންމަން ހަވާލުކުރެވޭ މުއްދަތުގެ ތެރޭގައި ނިންމުން
  23. މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ބައިވެރިވެ ޙަރަކާތްތެރިވުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  13 ޖެނުވަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

 6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

04 ޖަނަވަރީ 2021
ހޯދާ