ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުން

ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް 17 އޮކްޓޯބަރ 2018 ގައި ކުރެވުނު މިއިދާރާގެ ނަންބަރު IUL)388-ADM/388/2018/70) އިޢުލާނާއި ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

               2018 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށް އަލުން މިއިދާރާއިން ބަންޑާރަގޯތިދޫކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުގައި އިސްވެ ބަޔާންކުރެވިފައިވާ އިޢުލާނާއި ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިކައުންސިލްގެ ތިންވަނަ ދައުރުގެ 128 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. ވީމާ، 2018 ވަނަ އަހަރު ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށްއެދި މިއިދާރާއަށް ހުށަހަޅާފައިވާ ފަރާތްތަކުން ދިރިއުޅުމަށް ބަނޑާރަ ގޯތިދޫކުރުމަށް މިހިނދަށް 31 ޑިސެމްބަރ 2020 ގައި ކުރެވިފައިވާމިއިދާރާގެ ނަންބަރު IUL)388-PRO/388/2020/74) އިޢުލާނުން ހުޅުވާލެވިފައިވާ ފުރުސަތުގައި [ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމު] ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

03 ޖަނަވަރީ 2021
ހޯދާ