ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2021ވަނަ އަހަރު އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

2021ވަނަ އަހަރު އެލް.ކޭ.ޖީއަށް ކުދިންވެއްދުމާއި ގުޅޭ

ސްކޫލަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021ވަނަ އަހަރު އަމަލު ކުރާނެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން LKGގެ ޚާއްޞަ ޕްރޮގުރާމަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2021އޮގަސްޓް 1ގެ ނިޔަލަށް 5އަހަރުފުރޭ ދަރިވަރުން ނަށެވެ.

LKGގެ ޚާއްޞަ ޕްރޮގުރާމަކީ 2021ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮގުރާމެކެވެ.

LKGގެ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021އަށް 5 އަހަރުފުރޭ ދަރިވަރުން 2021ވަނަ އަހަރުގެ އޮގަސްޓްގައި ފަށާނީ UKG ކުލާހެވެ.

އެހެންކަމުން 2021ވަނަ އަހަރު މިސްކޫލްގެ LKGއަށް ދަރިވަރުން ވައްދަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ޖަނަވަރީ 07ވާ ބުރާސްފަތި

ދުވަހުގެ 12:00ގެކުރިން އެޕްލިކޭޝަންފޯމް  އަދި ލިޔެކިޔުންތައް ފުރިހަމަކޮށްސްކޫލް އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިސްކޫލްގެ ނަމްބަރ 6600014އަށް ގުޅުއްވުން އެދެމެވެ.

 

 

04 ޖަނަވަރީ 2021
ހޯދާ