ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް އޮންލައިން ކުރުން

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ވަޒަންކޮށް، ސިވިލް ސަރވިސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމުގެ ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު 03 ޖަނަވަރީ 2021 އިން ފެށިގެން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މި ގޮތުން، "ސީއެސްވިއުގަ" އޮންލައިން ޕޯޓަލް މެދުވެރިކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގައި ދަންނަވަމެވެ.

 

ވުމާއެކު، "ސީއެސްވިއުގަ" އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރަން ފެށުމާއެކު، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ އެ ސިސްޓަމް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ. ސިސްޓަމުން ސީއެސްވިއުގަ އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރުމަށްޓަކައި ކޮންމެ މުވައްޒަފަކަށްވެސް އީ-ފާސް އެކައުންޓެއް އޮންނަންވާނެއެވެ. އީ-ފާސް އެކައުންޓް މެދުވެރިކޮށް ސީއެސްވިއުގައަށް އޮންލައިންކޮށް ވަނުމަށް ބޭނުންކުރާނީ myaccount.csc.gov.mv މި ލިންކެވެ. ސިސްޓަމް މެދުވެރިކޮށް އެ ކަން ކުރުމަށް އެހީތެރިކަން ބޭނުންވާ މުވައްޒަފުންނަށް ސިސްޓަމް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމުތައް އިދާރާގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި އަހަރުގެ ޓާގެޓްކަނޑައެޅުމުގައާއި މަސައްކަތުގެ ފެންވަރު ބަލައި ފުރިހަމަކުރުމުގައި މުވައްޒަފުގެ ސުޕަވައިޒަރު އެ މުވައްޒަފުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭންވާނެކަމުގައި ވެސް ދަންނަވަމެވެ.

03 ޖަނަވަރީ 2021
ހޯދާ