މަޤާމް :
|
ގްރެފިކްސް ޑިޒައިނަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް
|
މަސައްކަތުގެ ގަޑި
|
ދެފަރާތް އެއްބަސްވާ ގޮތަށް
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/7259 ރުފިޔާ (ހަތްހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/3510 ރުފިޔާ (ތިންހާސް ފައްސަތޭކަ ދިހަ ރުފިޔާ)
|
މުއްދަތު
|
ދޭއް (02) މަސް ދުވަސް
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
މަޤާމްގެ މަސްޢޫލިއްޔަތު
|
ކުންފުނީގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ދާއިރާއާއި ގުޅޭ ފާހެއް އޮތުން ނުވަތަ މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާކަން ސާބިތުކޮށް ދިނުމާއެކު އިންޓަރވިއުއިން ފާސްވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަޅަށް ބޭނުން ކުރަން އެނގުން
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
- ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ އީމޭލްއިން ނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://www.maldivespost.com/media/downloads/job-application-form
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|