ވޭވަށު ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

އިޢުލާން

                                             ނަންބަރ: GS-165/IUL/2021/01   

 

 

2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

 

                      ކޯވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ދިރާސީ އަހަރަށް ގެނެވުނު ބަދަލާއި ގުޅިގެން ބައެއް ދަރިވަރުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭ އިރު އެލް.ކޭ.ޖީ ފުރިހަމަނުކޮށް ޔޫ.ކޭ.ޖީ އަށް ވައްދަން ޖެހޭތީވެ، ޙާއްސަ ޕްރޮގްރާމެއްގެ ތެރެއިން މިކުދިންނަށް 2020 އަހަރުގެ ދެވަނަ ޓާމު (10 ޖަނަވަރީ 2021) ގައި އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ވަދެވޭނީ މީލާދީގޮތުން 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންނަށެވެ.

 

                          ވީމާ، 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންގެ ތެރެއިން ސުކޫލަށް ވެއްދުމަށްބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން، (ދަރިވަރު ސުކޫލަށް ވެއްދުމަށް ބޭނުންވާ ފޯމު އަދި ލިޔެކިޔުންތައް ފުރިހަމަކޮށް)      07 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސުކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

          

     19 ޖުމާދުލްއޫލާ 1442 

03 ޖަނަވަރީ 2021
ހޯދާ