މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                     ނަންބަރ: MTCC-HRD -IU-2020-364

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ އަދި ޕްރޮޖެކްޓް ސައިޓުގައި މަސައްކަތްކުރާނެ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް:

މަޤާމް:

ސައިޓް މެނޭޖަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު ނުވަތަ ޕްރޮޖެކްޓް މުއްދަތަށް

މުސާރައާއި ޢިނާޔަތްތައް

  • ޖުމްލަ މުސާރަ: 20،000 -22،000  
  • ސްޓާފް މެޑިކަލް އިންޝޫރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ފަރެސްމާތޮޑާ އެއަރޕޯޓް ޕްރޮޖެކްޓް ސައިޓް

ޝަރުޠު                 

 

  • ޑިޕްލޮމާ ނުވަތަ ހިންގުމުގެ ތަޖުރިބާ، ނުވަތަ މި މަޤާމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި ޤާބިލިއްޔަތު ހުންނާނެކަން ކަށަވަރުވާފަދަ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • ނަރުދަމާގެ ޕްރޮޖެކްޓެއްގައި، ޢިމާރާތްކުރުމާބެހޭ މަސައްކަތެއް ނުވަތަ ސާރވޭ ކުރުމާއި ގުޅުންހުރި މަސައްކަތެއްގެ މަދުވެގެން 2 އަހަރާ ދެމެދުގެ ތަޖުރިބާ ހުރުން.
  • އެއްފަހަރާ ގިނަ މަސައްކަތްތައް ކޮށް ނިންމުމާއި، މަސައްކަތުގެ ބުރަ ތަޙައްމަލުކުރުމާއި، ތަފްޞީލީ ގޮތެއްގައި ކުރާ މަސައްކަތްތަކާއި ކުރުމާއި، އަމިއްލައަށް ނިންމުންތައް ނިންމުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ކަންކަން ނިންމުމުގެ ޤާބިލްކަން ލިބިފައިވުން.
  • އެއް ޙާލަތުން އަނެއް ޙާލަތަށް ފަސޭހަކަމާއެކު ބަދަލުވުމަށާއި، ކަންކަން ފުނަށް ވަޒަންކުރުމާއި، އެހެން ފަރާތްތަކާއެކު ހަރުދާ ގުޅުމެއް ޤާއިމްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ދަށުން މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބެލެހެއްޓުމުގެ ޤާބިލްކަން ލިބިފައވުން.
  • މުވާޞަލާތުކުރުމާއި، މައްސަލަ ޙައްލުކުރުމާއި، އެކިއެކި ކަންކަން ވަޒަންކުރުމާއި، އަމިއްލައަށް ނިންމުންތައް ނިންމުމުގެ ޤާބިލްކަން މަތީ ދަރަޖައަކަށް ލިބިފައިވާކަން ފެނުން.
  • އެއްފަހަރާ ގިނަ މަސައްކަތްތައް ކުރަންޖެހޭ ޓީމަކާއެކު އެކީގައި މަސައްކަތްކުރަންޖެހޭ މާހައުލެއްގައި، މާ ބޮދަށް ސުޕަރވައިޒްކުރަން ނުޖެހޭ ގޮތަކަށް މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ކަންކަމުގައި ޚިޔާލު ދެވޭނެ، އެ ފަދަ ޚިޔާލުތައް އަނގަބަހުންނާއި ލިޔުމުން ސާފުކޮށް ބަޔާންކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • މައިކްރޯސޮފްޓް އޮފީސްގެ ޕެކޭޖްތަކަށް ފަރިތަވުން.
  •  

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 03 ޖެނުއަރީ 2021  އާ 10  ޖެނުއަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތ 02 ޖެނުއަރީ 2021 ވަނަ ދުވަހުގެ 00:00 ގެ ކުރިންއެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001149/ 3001127 / 3001120   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

30 ޑިސެންބަރ 2020

 

30 ޑިސެންބަރު 2020
ހޯދާ