މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
01 ޖަނަވަރީ 2021 ވަނަ ދުވަހު އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖެއްސުމާއި ބެހޭ

އިޢުލާން             

 

            މީލާދީ އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 04:00 ން ރޭގަނޑު 08:00 ށް މާލޭ ސިޓީގެ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފީމެވެ.  

 

            ވީމާ، 2021 ޖެނުއަރީ 1 ވާ ހުކުރު ދުވަހުގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު މާލެ ސިޓީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލަންސް
  3. ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދު
  5. ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
  6. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދު

 

މިއެންގުމާއި ޚިލާފްވާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އަންގާ އިޢުލާން ކުރީމެވެ.

 

                           15 ޖުމާދަލްއޫލާ   1442        

                              30 ޑިސެމްބަރ   2020         

 

ދިވެހިސަރުކާރުގެ ގެޒެޓް

30 ޑިސެންބަރު 2020
ހޯދާ