ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ ވާރކްސްޓޭޝަންތައް ޤާއިމް ކުރުމަށް ބޭނުންވާ ޕާޓިޝަން ހޯދުމައް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ ވާރކްސްޓޭޝަންތައް ޤާއިމް ކުރުމަށް ބޭނުންވާ ޕާޓިޝަން ހޯދަންބޭނުންވެއެވެ. މިޕާރޓިޝަންތައް ސެޓްކުރުމުގައި އެއްޕާޓިޝަން އަނެއް ޕާރޓިޝަން ގުޅުމަށް ބޭނުންވާ ޕޯލްތައް އަދި އެންޑް ޕެނަލްތައް ހިމަނަން ވާނެއެވެ. ވީމާ، މިތަކެތި ސަޕްލައިކޮށް ރާވާދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕާޓިޝަންތައް ހަދަންޖެހޭގޮތުގެ ކުރެހުންތައް މިއިއުލާނާ އެއްހީރަސް ކުރެވިފައިިވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 2021 ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ. މަޢުލޫމާތު ޝީޓް މި އިޢުލާންނާއި އެޓޭޗް ކުރެވިފަ ވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް: ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345148، 3345111 އީ-މެއިލް: [email protected] |
30 ޑިސެމްބަރ 2020
30 ޑިސެންބަރު 2020
ހޯދާ