މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ޑެސްކުތައް މަރާމާތުކުރުން

އަމިއްލަ ތަކެތީގައި މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ 30 ޑެސްކު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީހުގެ ކުރިން ބީލަމަށް ނަންނޯޓުކޮށް ދެންނެވިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

ތާރީޚް: 31 ޑިސެންބަރު 2020 – 4 ޖެނުވަރީ 2020 (ރަސްމީ ބަންދުނޫން ދުވަސްތައް)

ގަޑި: ހެނދުނު 8:00 – މެންދުރު 2:00

ބިޑް ހުށައެޅުން

ތާރީޚް: 6 ޖެނުވަރީ 2020 (ބުދަ)

ގަޑި: މެންދުރު 1:00

މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އައި.ޑީ ކާޑު ހިފައިގެން މިސްކޫލަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އެހެން ބޭފުޅެއްގެ ބަދަލުގައި ދުރުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑު ކޮޕީ ގެންނެވުމަށް ދަންނަވަމެވެ.

ބީލަމަށް ނަންނޯޓު ނުކުރައްވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2020
ހޯދާ