މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭ ގެ ކޯޗަސް ކޮމިޓީގެ އިންތިޚާބު

މިއެސޯސިއޭޝަންގެ ކޯޗަސް ކޮމެޓީގެ އިންތިޚާބު 09 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހުގެރޭ 20:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިއެސޯސިއޭޝަންގެ ކޯޗުންގެ ރަޖިސްޓްރީގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް މެއިލް ([email protected]) އަށް މެއިލްކުރައްވައި ރަޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި މިކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލާއި މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު އަދި ކޯޗުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ވަނަވަރު ހިމެނޭ ލިސްޓެއް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަނަބްރު 3314024 އަށް ގުޅުއްވުން އެދެމެވެ.

29 ޑިސެންބަރު 2020
ހޯދާ