ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ ކޮވެލި އިމާރާތުގެ 2، 3، އަދި 5 ވަނަ ފަންގިފިލާގެ ބައެއް ފާރުތައް ތަޅައި އަލުން ކޮންކްރީޓް ކޮލަމްއަޅައި މަރާމާތުކޮށް އަދި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލްގެ ކޮވެލި އިމާރާތުގެ 2، 3، އަދި 5 ވަނަ ފަންގިފިލާގެ ބައެއް ފާރުތައް ތަޅައި އަލުން ކޮންކްރީޓް ކޮލަމްއަޅައި  މަރާމާތުކޮށް އަދި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2020/037

ހުޅުމާލެ ހޮސްފިޓަލްގެ ކޮވެލި އިމާރާތުގެ 2، 3، އަދި 5 ވަނަ ފަންގިފިލާގެ ބައެއް ފާރުތައް ތަޅައި އަލުން ކޮންކްރީޓް ކޮލަމްއަޅައި  މަރާމާތުކޮށް އަދި ތަންސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ރެޖިސްޓްރޭޝަން އަދި މައުލޫމާތު ދިނުން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ޕްރޮޖެކްޓުގެ ބިޑު ސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަންޖެހޭނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.

ބިޑުގައި ބައިވެރިވާ ފަރާތްތަކަށް ސައިޓް ދައްކައި ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބޭއްވޭ ޕްރީބިޑް ބައްދަލުވުން 04 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

11 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

29 ޑިސެމްބަރ 2020

29 ޑިސެންބަރު 2020
ހޯދާ