އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
އަމިއްލަތަކެތީގައި ވޯކުވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

އަމިއްލަތަކެތީގައި ވޯކުވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

 

މި ސްކޫލްގެ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ހުޅުވާލެވިފައި ވަނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ޑިސެމްބަރ 29 ން 2021 ޖަނަވަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 12:30 އަށް މިއިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.  

 މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ  2021 ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އިސްދޫ ކަލައިދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި އިސްދޫ ކަލައިދޫ ސްކޫލް އޮފީހުގައެވެ.

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

އިސްދޫ ކަލައިދޫ ސްކޫލް / ލ. ކަލައިދޫ

ފޯން: 6800743

އީމެއިލް: [email protected]

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޑިސެންބަރު 2020
ހޯދާ