ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްޖިދުއް ނަޞްރުސްކިތުގައި ހުރި މަރާމާތު ކުރުން

      މިރަށު  މަސްޖިދުއް ނަޞްރު މިސްކިތުގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2020/132 ( 21 ޑިސެންބަރު 2020 ) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ޙާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

      ވީމާ، މިރަށު ނަޞްރު މިސްކިތުގައިހުރި މަރާމާތުގެ މަސައްކަތްތައް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 2020 ޑިސެންބަރު 30 އިން 05 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

      މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ނަޞްރު މިސްކިތް މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ސިޓީއުރައިގެ ބޭރުގައި ލިޔުއްވައިފައެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޑިސެންބަރު 2020
ހޯދާ