މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑްރައިވިންގް ލައިސަންސް ޒޯން ބީ އަދި ސީ ގެ ފޮތް ޗާޕްކުރުން.

ނަންބަރު: 116/IUL)202-A/1/2020)

          

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީ އަށް ޒޯން ބީ އަދި ސީގެ ލައިސެންސް 4998 (ހަތަރުހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ފޮތް ޗާޕްކޮށްދޭނެ  ފަރާތެއް ބޭނުންވެގެން  2020 ޑިސެމްބަރު 13 ވަނަދުވަހު ކުރެވުނު އިޢުލާން ނަމްބަރު 110/IUL)202-A/1/2020) އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.

               ވީމާ، މިކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 07 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިއޮތޯރިޓީ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.

                އަދި ދަންނަވަމެވެ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

14 ޖުމާދަލްއޫލާ 1442

                                                29 ޑިސެމްބަރު 2020 

29 ޑިސެންބަރު 2020
ހޯދާ