އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން

ބީލަން ހުށައެޅުމުގެ ދައުވަތު

 

  1. މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2020 ޑިސެންބަރު 29 އިން 2021 ޖެނުއަރީ 3 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 03 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 04 ވާ ހޯމަ ދުވަހުގެ 13.00 ގައި މި ސްކޫލްގެ ޖަލްސާކުރާ މާލަމު ގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 6 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ ޖަލްސާކުރާ މާލަމު ގައެވެ.
  6. މި ޕްރޮޖެކްޓްގެ ބިޑް ސިކިއުރިޓީގެ ގޮތުގައި -/5000ރ ( ފަސްހާސް ) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

29 ޑިސެންބަރު 2020
ހޯދާ