ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ސްކިލްޑް)، ލޭބަރ (ނޮން ސްކިލްޑް) - ގދ.ތިނަދޫ

                                ނަންބަރު: FNK/A/IUL/2020/296   

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ގދ.ތިނަދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (6 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.

ލޭބަރ (ސްކިލްޑް)

މަޤާމް:

30 (ތިރީސް)

ބޭނުންވާ އަދަދު:

ގދ.ތިނަދޫ

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސަވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ސިއްހަތު ރަނގަޅު ބަރު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ނ) ބައެއް ހާލަތްތަކުގައި ރޭނގަޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

(ބ) ހޮޅި ތެދުކޮށް ރަހަކޮށް ސީދަލައް އަޅަން އެނގުން.

(ޅ) ސަލާމަތީ ކަންކަމަށް ބަލައިގެން މަސައްކަތް ކުރަން އެނގުން.

(ކ) މަސައްކަތުގެ މާހައުލުގެ ކަންކަން އަމިއްލަ ވިސްނުމަށް ނަގައިގަނެ ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރެއިން އިތުރު އިރުޝާދެއް ނެތި އެ މަސައްކަތް ކުރަން އެނގުން.

(އ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ގދ.ތިނަދޫ އައު އިންޖީނުގެ މަރާމާތްކުރުމުގެ މަސައްކަތްތައް.

(ށ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތު:

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު.

(ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް.

(ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ މާހައުލަކީ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ.

މަސައްކަތުގެ މާހައުލު:

 

ލޭބަރ (ނޮން ސްކިލްޑް)

މަޤާމް:

30 (ތިރީސް)

ބޭނުންވާ އަދަދު:

ގދ.ތިނަދޫ

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސަވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތު އަތްމަތީ އާލަތްތައް ގެންގުޅެން އެނގުން.

(ށ) ދެވޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަންދީ އެގޮތުގެ މަތިން މަސައްކަތް ކުރުން.

(ނ) ޓީމަކާއިއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން.

(ރ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން.

(ބ) ހަރުގަނޑު ފަދަ ތަކެއްޗަށް އަރައި ކުރަންޖެހޭ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގދ.ތިނަދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

28 ޑިސެމްބަރ 2020

13 ޖުމާދަލްއޫލާ 1442

28 ޑިސެންބަރު 2020
ހޯދާ