މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 50.07 ރަޖިސްޓްރީ ކުރުމާއިބެހޭ

                     އިޢުލާން

                        ރ.ދުވާފަރު 50.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނީލަމްގެ އަލްފާޟިލާ ޞަފިއްޔާ ޢަބްދުލްޤާދިރުގެ ނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ   އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                     މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 50.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނީލަމްގެ އަލްފާޟިލާ ޞަފިއްޔާ ޢަބްދުލްޤާދިރުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

 

                                 08 ޖުމާދަލްއޫލާ 1442

 

                                 23 ޑިސެމްބަރ 2020

އިޢުލާން

23 ޑިސެންބަރު 2020
ހޯދާ