ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) / (ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިއުކޭޝަން)

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) / (ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިއުކޭޝަން)

ބޭނުންވާ ޢަދަދު: 1

މުއްދަތު

31 ޑިސެންބަރ 2021 ގެ ނިޔަލަށް

މުސާރަ

މުސާރަ

މަހަކު 5778.10

ސަރވިސް އެލަވަންސް: 2476.33 ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ސްޕައިން ޕޮއިންޓް

17

މަޤާމުގެ ޝަރްޠުތައް:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ، 
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ލާރނިން ސެންޓަރތައް ހުޅުވާ ލައްޕާތޯބެލުން
  • ހުރިހާ  ލާރނިން ސެންޓަރތަކުން މަޢުލޫމާތު ހޯދައިގެން، ލާރނިން ސެންޓަރތަކުގެ  ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން/ ލާރނިން ސެންޓަރތަކުން މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހަކު ހެދުން.
  • ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން/ ލާރނިން ސެންޓަރތަކާ ގުޅޭގޮތުން އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާޓްޓައިމް/ފުލްޓައިމް ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  • ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން/ ލާރނިން ސެންޓަރތަކުން ބާއްވާ މީޓިންތަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން އަދި  ލާރނިން ސެންޓަރތަކުގެ ސިއްރުތަކަށް ރައްކާތެރިވުމާއި، ކޯސްތަކާއި ކޯސްތަކުގެ މަންހަޖައި އަދި ކޯސްތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް ކޯސްތައް ހިންގުމާއި ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން އަދި  ލާރނިން ސެންޓަރތަކުގެ ރިސެޕްޝަންގެ ޑެސްކް ބެލެހެއްޓުން.
  • ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއް ނިމުމުން، ލެކްޗަރާރުން އަތުން ހާޒިރީތައް ހޯދާ އެމަހުގެ ދަރިވަރުންގެ ހާޒިރީ ރިޕޯޓް ފެށޭމަހުގެ 5 ގެ ކުރިން ނޯޓިސް ބޯޑަށް ނެރުން.
  • ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި އައި. ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރަރއިންނާ އެސައިންމެންޓްތައް ޙަވާލުކުރުން.
  • އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިހާންބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • އިމްތިހާނު އިންވިޖިލޭޓް ކުރުމުގެ ކަންތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
  • ކަނޑައެޅިފައިވާ އުސޫލުން އިމްތިހާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
  • ކޮންމެ ސެމިސްޓަރ އެއް ފެށުމާއިއެކު ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން / ލާރނިން ސެންޓަރތަކުގެ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންނަށް ބައިވެރިވެވެން ހުރި މާއްދާތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެންގުން.
  • މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްކުރަން ތައްޔާރު ކުރުމާއި، ލެކްޗަރާރރުންނަށް ކަނޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން/  ލާރނިން ސެންޓަރތަކުގެ އަށް ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރަރރުންގެ ސީ. ވީ. ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
  • އެކިއެކި ކަންކަމުގައި ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިޔުކޭޝަން އަދި  ލާރނިން ސެންޓަރތަކުގެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ލާރނިން ސެންޓަރތަކުގެ ކުލާސްތައް ކެންސަލްވުމާއި ކުލާސްތައް ރީޝެޑިއުލްކުރުން ފަދަ ކަންތައްތަކާއި އަދި އެ ކުއްލިއްޔާގެ ދަރިވަރުންގެ ޝަކުވާތަކާއި މެޑިކަލް ރިޕޯޓުތަކުގެ އިތުރުން ޕާޓްޓައިމް ލެކްޗަރަރސް ގެ ހުށަހެޅުންވުން ފަދަ އެންމެހައި ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަމުން ދިއުން.
  • ކޮންމެ ސެމިސްޓަރއެއް ނިމުމުން އައި. ޔޫ. އެމް. ލާރނިންގ ސެންޓަރުތަކުގައި ދަރިވަރުންގެ ސަބްޖެކްޓް އެޓޭންޑެންސް ރިޕޯޓާއި ލެކްޗަރަރސްގެ އެޓެންޑެންސް ރިޕޯޓް ކޮންޓެކްޓް އަވަރސް އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ފޮނުވަންޖެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • އައި. ޔޫ. އެމް. ލާރނިންގ ސެންޓަރުތަކުގައި ކިޔަވައިދެއްވާ ލެކްޗަރަރުންގެ އިވެލުއޭޝަންތައް ފުރިހަމަ ކުރުމަށްފަހު ކަނޑައެޅޭ އުސޫލުގެ މަތިން ކުއްލިއްޔާ/ސެންޓަރުގެ ޑީން/ހެޑް އަށް ހުށަހެޅުން.
  • ލާރނިން ސެންޓަރތަކަށް ފޮނުވަން ޖެހޭ އެންމެހައި ތަކެތި ޕްރިންޓްކޮށް، އައި. ޔޫ. އެމް. ހޯލްޑިންގްސް މެދުވެރިކޮށް އެތަކެތި ރަށްރަށަށް ފޮނުވުން
  • ލާރނިން ސެންޓަރުތަކުގެ ދަރިވަރުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ( ރެޖިސްޓަރކުރުން، އެޑްވާންސް ސްޓޭންޑިން، ކޯސް ފަސްކުރުން/ ދޫކޮށްލުން) ނިންމާތޯ ބަލާ، ނުނިންމާނަމަ ގަވާއިދާއެއްގޮތަށް ކޯޑިނޭޓަރ/ ޑީން އަށް އަންގާ މައުލޫމާތު މަހުންމަހަށް އަޕްޑޭޓްކުރުން
  • ކޮންމެ ސެމިސްޓަރއެއް ފެށޭއިރު ލެކްޗަރާއިންނަށް ބޭނުންވާ އެންމެހާ މައުލޫމާތު (ހާޒިރީ، ލެކްޗަރާއިންގެ އިރުޝާދު، ޓައިމްޓޭބަލް،ދަތުރު ޝެޑިއުލް، ޓެސްޓްޕޭޕަރ ސާންޕަލް، މާކުސް އެންޓަރކުރާ ޝީޓް) ތައްޔާރުކޮށް ލެކްޗަރާއިންނަށް ފޮނުވުން
  • ކަނޑައެޅިފައިވާ ތާރީޚްތަކަށް ލެކްޗަރާއިން ތަކެތި ފޮނުވާތޯބަލާ، ނުފޮނުވާނަމަ ކޯޑިނޭޓރ/ ޑީން އަށް އަންގާ، އެބޭފުޅުންގެ އިރުޝާދުގެ ލެކްޗަރާއިންނާ މުއާމަލާތުކުރުން
  • ކޮންމެ ސެމިސްޓރއެއް ނިމުމުން ދަރިވަރުންގެ ނަތީޖާތައް ތައްޔާރުކޮށް ކޯޑިނޭރޓަރ/ ޑީންއަށް ،އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
  • ލާރނިން ސެންޓަރުތަކުގެ އެންމެހާ މަސައްކަތްތައް ، ލާރނިން ސެންޓަރުތަކާ، ކޯޑިނޭޓަރ، ޑީން އަދި އައި. ޔޫ. އެމް. ހޯލްޑިންގްސް އާ ގުޅިގެން ކުރިއަށް ގެންދިއުން
  • ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • މަސައްކަތާއި ގުޅޭގޮތުން ޔުނިވަރސިޓީއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

 bit.ly/adminstaff_ium

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 04 ޖަނަވަރީ 2021  ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 05 ޖަނަވަރީ 2021  އިން 28 ފެބްރުއަރީ 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
         

 

27 ޑިސެންބަރު 2020
ހޯދާ