މަޤާމް
|
ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
ކަސްޓަމްސް ހެޑް އޮފީސް (މާލެ): 02 (ދޭއް)
ހއ. އުލިގަން ކަސްޓަމްސް: 01 (އެކެއް)
ހދ. ކުޅުދުއްފުށި ކަސްޓަމްސް: 01 (އެކެއް)
ގދ. ތިނަދޫ ކަސްޓަމްސް: 01 (އެކެއް)
|
މުސާރަ
|
4,000/- ރުފިޔާ
|
އިތުރު އިނާޔަތްތައް
|
- ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (1,400/- ރުފިޔާ)
- ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200/- ރުފިޔާ
- ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60/- ރުފިޔާ
- ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް
|
މާލެ، ހއ. އުލިގަން، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ ގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތައް
|
މަޤާމުގެ ޝަރުޠު
|
ލިޔަންކިޔަން ދަތުމާއިއެކު، މަސައްކަތުގެ ދާއިރާއަކުން ތަމްރީނެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން / އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ލިބިފައިވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
ސަޕޯޓް ސަރިވިސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
- މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް
|
ސުންގަޑި
|
07 ޖަނަވަރީ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް
|
ވަޒީފާއަށް އެދި ހުށަހެޅުން
|
- ވަޒީފާތަކަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރާނީ އެއް އީމެއިލެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށްފައެވެ. (އެއް ފައިލެއް ގޮތަށް)
- ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.
|
އެހެނިހެން ކަންކަން
|
- މި މަގާމުތަކުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީސްތަކަށް މީހުން ހޮވުމުގައި އެ އޮފީހެއް ގާއިމުވެފައިވާ ރަށެއްގައި ރަޖިސްޓްރީވެފައިވާ އަދި އެ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މި މަގާމުތަކަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާދެމެދު މީހުންނެވެ. ޢުމުރު ބަލާނީ 2021 ޖަނަވަރީ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.
- މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ސަރވިސްގެ ވެބްސައިޓުގެ “Downloads” ގެ “Careers” އިން ޑައުންލޯޑް ކުރެވޭނެއެވެ.
(www.customs.gov.mv/Media/Materials/careers)
- މި މަގާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ފޯމާއި، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަ ނުވާ އަދި ކިޔަން ނޭގޭވަރަށް ނުސާފުކޮށް ހުންނަ ފޯމުތަށް ބާޠިލުވާނެއެވެ.
- މި މަގާމުތަކަށް ޝަރުތު ހަމަވާފަރާތްތަކުގެ ތެރެއިން، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހު އިންޓަވިއުކުރުމަށްޓަކައި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓްގައި ޝާޢިއުކުރެވި އަދި އެކަން އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށް އިއުލާން ކުރެވޭނެވެ.
(www.customs.gov.mv/Media/Materials/careers)
|