ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހެވީ ވެހިކަލް އޮޕަރޭޓަރ

ހެވީ ވެހިކަލް އޮޕަރޭޓަރ
ހުޅުމާލެ އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- C0، C1 އަދި V1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސައިޓުގައި ބޭނުންކުރާ ހެވީ ވެހިކަލްތަކާއި އަދި އެހެނިހެން ވެހިކަލްތައް ދުއްވުމާއި ޑްރައިވަރުގެ އެހެނިހެން ޒިންމާތައް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ބަރާބަރަށް ގަޑިއަށް ހާޒިރުވުމާއިއެކު އެފަރާތްތަކާއި ދުއްވުމަށް ހަވާލުކުރެވޭ ވެހިކަލް ސުޕަވައިޒަރުން އަންގާގޮތުގެ މަތިން ދުއްވުން.
- ސައިޓުގައި ގެންގުޅޭ ވެހިކަލްތައް ދުއްވުމާއި، ކުރަންޖެހޭ މަސައްކަތްކުރުމާއި، ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ވެހިކަލް ދުއްވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދުއްވުން.
- ކޮންމެވެހިކަލެއްވެސް ދުއްވުމުގެ ކުރިން ވެހިކަލްގެ އިންޖީން ބަރާބަރަށް މަސައްކަތް ކުރޭތޯބެލުމާއި ވެހިކަލްގެ ތެލާއި ފެން ފުރޮޅުތަކުގައި ބަރާބަރަށް ވައި ހުރިތޯބަލައި ބުރަކި އަދި ސިގްނަލްތައް މަސައްކަތް ކުރޭތޯބެލުން.
- މަސައްކަތުގެ ތެރޭގައި ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ ހައްލުކުރުން.
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- C0، C1 އަދި V1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- މަސައްކަތާއި ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ލިބިފައިވުން
- ސަލާމަތީ ކަންތައްތައް އެނގުން
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 10,700.00 އާއި 13,500.00 ރުފިޔާއާއި ދެމެދު
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 30 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/e21v2s)

 

24 ޑިސެންބަރު 2020
ހޯދާ