ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މުދިމުން ހޯދުމާއި ބެހޭ

އިޢުލާން

 

2021 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމު:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޕޫލް މުދިމް

 

 

 

 

 

 

 

 

 

 

 

ބޭނުންވާ އަދަދު:

03

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (06 މަސް)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ރޭންކު:

މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް އޮތްނަމަ ޖީއެސް 3

މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ޖީ އެސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

 

 

 

 

 

 

 

 

 

 

 

 

 

ގދ.ގައްދޫ ކައުންސިލް އިދާރާ

މުސާރަ:

މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް އޮތް ބޭފުޅެއްނަމަ ކުރާ ކޮންމެ ނަމާދަކަށް  61.00 ރުފިޔާ ރޭޓުން     (ރޭންކު GS3)

މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ނެތްނަމަ ކުރާ ކޮންމެ ނަމާދަކަށް 53.00 ރުފިޔާގެ ރޭޓުން  (ރޭންކު GS1 )

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

އޮފީހުން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ރަނގަޅުކުރުމާއި، ނަމާދުވަގުތު ޖެހުމުން ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.

މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

މިސްކިތުގެ ސާފުތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި މަސައްކަތު މީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބަލައި ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.

މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކައުންސިލް އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.

މިސްކިތަށް ނަމާދަށް އަރާމީހުންނަށް ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލް އިދާރާގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި އެފަދަ ލިޔުމެއް ހުރިނަމަ ކައުންސިލްގެ އިދާރާއަށް އަންގާ އެލިޔުމެއް ނައްތާލުން އަދި މިސްކިތުގެތެރޭގައި ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ އެފަދަ ފޮތްތައް ކައުންސިލްގެ އިދާރާއި ހަވާލުކުރުން.

މިސްކިތްތަކާއި،މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި،ޤާނޫނާއި،ޤަވާޢިދާއި،ޚިލާފަށް އެއްވެސް ޙަރަކާތެއް ހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނިގިއްޖެނަމަ ކައުންސިލްގެ އިދާރާއަށް އެންގުމާއިއެކު ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.

މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ،އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

އޮފީހުން އަންގައިފި ހިނދެއްގައި ކޭތަ ނަމާދާއި، ޢީދުނަމާދާއި،ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދު އިމާމްވެ ކުރުން

މިސްކިތާއިބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާ އަޑުއަހާ އެޝަކުވާތައް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.

ޙަވާލުކުރެވިފައިވާ ރަސްމީ މަސައްކަތާއި،ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމަ އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާއި، އިރުޝާދުގެ މަތިންކުރުން .

 

މަޤާމުގެ ޝަރުތުތައް:

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު އިމާމްވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމްވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި،އިމާމްވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން . ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( މިފޯރމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. )

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުޏުގެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާޑް ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާސްކްރިފްޓް ނުވަތަ ސެޓްފިކެޓްނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސެމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެތްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާސްންކްރިޕްޓްގެ ކޮޕީ

ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒިފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް

(ނ) ދައުލަތުގެ އިދާރާތަކާއި،ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް

( ރ ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ /ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާއަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެޖަމުޢިއްޔާ /ޖަމާޢަތަކީ ހިނގަމުންދާ ޖަމުޢިއްޔާ /ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަމްރީން

ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ

ލިބިފައިވާ ހުނަރު ( އިންޓަވިއު އަދި ޕްރެކްޓިކަލް )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެމްބަރ 2020 ގެ 12.00 ގެ ކުރިން ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected]ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝީޓް ލިސްޓް ކުރެވޭނެއެވެ.

  އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 5 ޖަނަވަރީ 2021 އާއި، 10 ޖަނަވަރީ 2021 އާއި، ދެމެދު ގައްދޫ ކައުންސިލްގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯރމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2  ) ފޯރމް " ޢާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯރމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާއި، ގުޅިގެން މަޢުލޫމާތު ސާފްކުރަން ގުޅާނީ 684003 އަށެވެ. އީމެއިލް ކުރާނީ [email protected]އަށެވެ.

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، އައްޔަންކުރުމުގެ މިންގަނޑުތަކާއި، އުސޫލުތައް އަދި އެއުސޫލުތަކާއި، ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބުސައިޓްގެ ޑައުންލޯޑްސް ގެ " އައްޔަން ނުކުރުމުގެ އުސޫލާއިގުޅޭ  " http://www.csc.gov.mv/dv/recruitment-usoolu  http://www.csc.gov.mv/dv/recruitment-usoolu) (އިން ލިބެން ހުންނާނެއެވެ.

 

     24 ޑިސެމްބަރ 2020

 

 

24 ޑިސެންބަރު 2020
ހޯދާ