މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ ޖޭއެފްޖޭސީއެމްގެ ޕްރޮޖެކްޓުގެ ނަތީޖާގެ ޞައްޙަކަން ކަށަވަރުކުރުން

 ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އެހެން މަލްޓި ޑޯނަރސް ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ހިންގާ ޖޭއެފްޖޭސީއެމް ޕްރޮޖެކްޓުގެ ނަތީޖާގެ ޞައްޙަކަން ކަށަވަރު ކުރުމުގެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތުގެ މައިގަނޑު މަޤުޞަދަކީ މަތީގައި ދެންނެވުނު ޕްރޮޖެކްޓުގެ ނަތީޖާ ކަށަވަރުކޮށް ރިޕޯރޓެއް އެކުލަވާލުމާއި އަދި އެ ގްރީންހައުސް ގޭސް (ޖީއެޗްޖީ) އެމިޝަން މޮނިޓަރކޮށް ކުޑަކުރެވޭ ވަރު ކަށަވަރުކޮށް ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމްގެ ގައިޑްލައިންތަކާ އެއްގޮތަށް ރިޕޯރޓެއް އެކުލަވާލައި ހުށައެޅުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ، މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު) ހުށަހަޅަން ވާނެއެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އޭ،ޑީ.ބީގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވަރސް (2017)" އާއި އެއްގޮތަށް ކޮންސަލްޓަންޓްސް ކޮލިފިކޭޝަން ސިލެކްޝަން (ސީ.ކިއު.އެސް) އުޞޫލުންނެވެ.

މަސައްކަތާއި ގުޅޭ މަޢްލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އަޙްމަދު ޢަލީ،

ޕްރޮޖެކްޓް މެނޭޖަރ،

ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ،

ފޯން    : (+960) 7783223   

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ، އޭ.ޑީ.ބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސަސް ރެކްރޫޓްމަންޓް ނޯޓިސް (ސީ.އެސް.އާރ.އެން) ވެބަސައިޓް (http://csrn.adb.org) މެދުވެރިކޮށެވެ. އަދި ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭނެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 21:00ގެ ނިޔަލަށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.

  

23 ޑިސެންބަރު 2020
ހޯދާ