މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ އައުޓްޑޯރ ކުޅޭ ސާމާނު އިންސްޓޯލް ކުރުމާއި ވޯރކްވޭ ހެދުމާއި ގުޅޭ

އިޢުލާން

 

ކުޑަކުދިންގެ ޕާކުގެ އައުޓްޑޯރ ކުޅޭ ސާމާނު އިންސްޓޯލް ކުރުމާއި ވޯރކްވޭ ހެދުމާއި ގުޅޭ

މާކުރަތު ކުޑަކުދިންގެ ޕާރކަށް ގެނެވިފައިވާ އައުޓްޑޯރ ކުޅޭ ސާމާނު ރާވާ ހަރުކޮށް އިންސްޓޯލް ކުރުމާއި، ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  08ޖުމާދަލްއޫލާ 1442

23 ޑިސެންބަރު 2020
ހޯދާ