ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިޔުކޭޝަން ކެމިކަލް ސްޓޯރ ގައި އަލަށްޤާއިމްކުރެވޭ ފަޔަރ އެލާމް ސިސްޓަމް ގަނެ އިންސްޓޯލް ކުރުމުގެ މަސައްކަތް.

 

                                                               

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

ނަންބަރު:MNU-CA-FM/2020/50

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިޔުކޭޝަން  ކެމިކަލް ސްޓޯރ ގައި އަލަށްޤާއިމްކުރެވޭ ފަޔަރ އެލާމް  ސިސްޓަމް ގަނެ އިންސްޓޯލް ކުރުމުގެ މަސައްކަތް.


 

          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެޑިޔުކޭޝަންގް  ކެމިކަލް ސްޓޯރ ގައި އަލަށް ޤާއިމްކުރެވޭ ފަޔަރ އެލާމް  ސިސްޓަމް ގަނެ އިންސްޓޯލް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ،  ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

                   މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  27 ޑިސެންބަރ  2020 ވާ  ދުވަހުގެ މެންދުރުފަހު 14:00  ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން  ރައްދެބައި ހިނގުން ، މާލެ  ،  ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން

                  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  31 ޑިސެންބަރ 2020  ވާ  ދުވަހު 10:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

                ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

              މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134

             އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

23 ޑިސެންބަރ 2020                 

                                               

23 ޑިސެންބަރު 2020
ހޯދާ