ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑިސް (CMS) ގެ ސިމިއުލޭޓަރ ކުލާސް ރޫމުގެ ޕާރޓިޝަންތައް ނެއްޓުވުމާއި، އިދާރީ އިމާރާތުގެ އެލުމިނިއަމް ދޮރުގެ ބިއްލޫރިގަނޑު ބަދަލުކުރުމާއި، އެލުމިނިއަމް ކުޑަދޮރުތަކެއްގެ ހުޅުތައް ބަދަލުކުރުމާއި، ފާޚާނާތަކުގައި ވައިގޮޅި ކެނޑުމާއި، ގޯތިތެރޭގައި ޖަހާފައިވާ ގައުތައް ލެވެލް ކުރުމާއި، ދިދަ ދަނޑިޖެހުން ފަދަ މަރާމާތު މަސައްކަތްތައް ކުރުން:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

                                                                                                         ނަންބަރު:MNU-CA-FM/2020/48

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑިސް (CMS) ގެ ސިމިއުލޭޓަރ ކުލާސް ރޫމުގެ ޕާރޓިޝަންތައް ނެއްޓުވުމާއި، އިދާރީ އިމާރާތުގެ އެލުމިނިއަމް ދޮރުގެ ބިއްލޫރިގަނޑު ބަދަލުކުރުމާއި، އެލުމިނިއަމް ކުޑަދޮރުތަކެއްގެ ހުޅުތައް ބަދަލުކުރުމާއި، ފާޚާނާތަކުގައި ވައިގޮޅި ކެނޑުމާއި، ގޯތިތެރޭގައި ޖަހާފައިވާ ގައުތައް ލެވެލް ކުރުމާއި، ދިދަ ދަނޑިޖެހުން ފަދަ މަރާމާތު މަސައްކަތް.


 

          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ  ސެންޓަރ ފޯރ މެރިޓައިމް ސްޓަޑިސް (CMS) ގެ ސިމިއުލޭޓަރ ކުލާސް ރޫމުގެ ޕާރޓިޝަންތައް ނެއްޓުވުމާއި، އިދާރީ އިމާރާތުގެ އެލުމިނިއަމް ދޮރުގެ ބިއްލޫރިގަނޑު ބަދަލުކުރުމާއި، އެލުމިނިއަމް ކުޑަދޮރުތަކެއްގެ ހުޅުތައް ބަދަލުކުރުމާއި، ފާޚާނާތަކުގައި ވައިގޮޅި ކެނޑުމާއި، ގޯތިތެރޭގައި ޖަހާފައިވާ ގައުތައް ލެވެލް ކުރުމާއި، ދިދަ ދަނޑިޖެހުން ފަދަ މަރާމާތު މަސައްކަތްތައް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

                   މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  27 ޑިސެންބަރ  2020 ވާ  ދުވަހުގެ މެންދުރު  13:00  ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  ސެންޓަރ ފޯރ މެރިޓައިމް ސްޓަޑިސް  ވިލިމާލޭގައި ،   ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.  ގަޑިޔައް ހާޒިރުނުވެވޭ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ބަލައިގަތުން

                  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  31 ޑިސެންބަރ 2020  ވާ  ދުވަހު 13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

                ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

              މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134

             އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

23 ޑިސެންބަރ 2020                 

23 ޑިސެންބަރު 2020
ހޯދާ