ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދެއް ބަނުމަށް ކުޑަހުވަދޫން ވަގުތީ އޮޑިހަރުގެވަޅު ދޫކުރުން

                  ކަނޑުގައި ދުއްވާ އުޅަނދެއް ބަނުމަށް ވަގުތީ އޮޑިހަރުގެ ދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ. ހަރުގެވަޅު ދޫކުރެވޭނީ، މިއިދާރާގެ ނަންބަރު: 2013/R-1668 (25 ޑިސެމްބަރ 2013) ޤަވާއިދާއި އެޤަވާއިދާއި ޙަވާލާދީ ހަދާފައިވާ މިއިދާރާގެ " އުޅަނދެއް ބަނުމަށް ކުޑަހުވަދޫން ވަގުތީ އޮޑިހަރުގެވަޅު ދޫކުރުމުގެ އުޞޫލު" އާއި އެއްގޮތަށެވެ. އޮޑިހަރުގެވަޅު ދޫކުރާނީ، ރަށުގެ އިރުމަތީކޮޅުން އޮޑިހަރުގެ ދޫކުރުމަށް ކަނޑައަޅާފައިވާ ބިމާއި، މިހާރު އޮޑިހަރުގެތައް ހުރި ސަރަޙައްދުންނެވެ.

                  ބިން ކަޑައެޅިފައިވާ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން، އޮޑިހަރުގެވަޅަށް އެދިއްޖެނަމަ، ހަރުގެ ވަޅު ދޫކުރާނީ، އެކަމަށް އެދި ހުށައަޅާ ފޯމަށް ބަލައި މިކައުންސިލުން ކަނޑައަޅާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ބިމާއި އެއްވަރަށް ނުވަތަ ބިމުގެ ޢަދަދަށްވުރެ މަދުން، ހުށައަޅައިފިނަމަ، ހަރުގެވަޅު ދޫކުރާނީ، އެކަމަށް އެދޭ ތަރުތީބުން އުޅަނދު ބަންނަން ބޭނުންވާ ގޮތާއި، އުޅަނދުގެ ބާވަތަށް ބަލައިގެންނެވެ.

                  ވީމާ، ކުޑަހުވަދޫން ވަގުތީ އޮޑިހަރުގެވަޅު ބޭނުންވާ ފަރާތްތަކުން، ފޯމް ފުރުއްވާ ހުށައެޅުއްވުން އެދެމެވެ. މިއިދާރާއިން ފޯމް ލިބެން ހުންނާނެއެވެ. ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 2020 ޑިސެމްބަރ 31 ވަނަ ދުވަހުގެ 14:00 އެވެ. ވަގުތުގެ ފަހުން ހުށައަޅާ ފޯމް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

22 ޑިސެންބަރު 2020
ހޯދާ