ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
މިސްކޫލްގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ

މިސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ ގުދަނެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2020 ވަނަ ދުވަހު 10:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ. އަދި ގުދަނެއް ކުއްޔަށް ހިފުމުގައި ސްކޫލާއި ކައިރި ތަންތަނަށް އިސްކަން ދެވޭނެއެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2020
ހޯދާ