މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓު ބޯޑާރއިން ދޫކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތު

މާލެ،ދިވެހިރާއްޖެ.

އިޢުލާން

               ދިވެހިރާއްޖެއަށް ފުޑް ސަޕްލިމެންޓް އިންޕޯޓުކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލު "ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓަށް ހެލްތު ކްލިއަރަންސް ދިނުމުގެ އުސޫލު" ގެ ފުރަތަމަ އިސްލާހު(MFDA-FCD GL 2-2020) (Rev 01- Dec 2020 ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް އަދި މި އޮތޯރިޓީގެ ދިރިތި ޕޯރޓަލްގައި ޝާޢިޢު ކޮށްފައެވެ.

             ވީމާ، 26 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ގޮތަށް މި އޮތޯރިޓީން ޢަމަލުކުރަން ފަށާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.

             އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ނަންބަރު 3014305 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

22 ޑިސެންބަރު 2020
ހޯދާ