މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-318871

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:


އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެސިޓީ

މުސާރަ:

މަހަކު  -/5020 ރުފިޔާ، (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ، (ފަނަރަ ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ގާނޫނުތަކާއި ގަވާޢިދު ތަކުން އިސްލާމިކް މިނިސްޓްރީ އަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި މިނިސްޓަރާއި ޕީ.އެސް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  1. ގާނޫނުތަކާއި ގަވާޢިދު ތަކުން އިސްލާމިކް މިނިސްޓްރީ އަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި  އެއްވެސްކަމެއް ދޫވެގެން ދާނަމަ، އެކަންކަން އެދެބޭފުޅުންގެ ސަމާލުކަމަށް ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  1. އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ގުޅޭގޮތުން ކަނޑައެޅިފައި ހުންނަ ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ކަންތައްތައް ބަލައި އެކަންތައްތައް މިނިސްޓްރީ ލެވެލްގައި ތަންފީޒު ކުރުވުމުގެ ގޮތުން މިނިސްޓަރާއި ޕީ.އެސް ގެ ސަމާލުކަމަށް ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  1. ސަރުކާރުގެ ވަޢުދު ތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީ އާއި ގުޅުން ހުންނަ ކަންތައްތައް ބަލައި ދެނެގަނެ އެވަޢުދުތަކުގެތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިނިސްޓަރާއި ޕީ.އެސް އަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  1. ސަރުކާރުގެ ވަޢުދުތައް ކުރިޔަށްދާ ގޮތާއި އަދި ކުރިޔަށް ނުގެންދެވޭ ކަންތައްތައް ބައްލަވައި އެކަންކަމުގެ އަޕްޑޭޓްސް ދެބޭފުޅުންނާ ޙިއްސާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  2. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާއި މިނިސްޓަރުގެ ދަތުރުފުޅު ތަކުގައި، މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން ރައްޔިތުންނަށް ވެވަޑައިގެންނަވާ ވަޢުދުތައް ދެނެގަނެ ، އެކަންތައްތަކުގެ ތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ކަންކަން ކުރިޔަށް ގެއްދިޔުމަށްޓަކައި މިނިސްޓަރާއި ޕީ.އެސް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. މިނިސްޓަރ ސެކްރެޓޭރިއޭޓުން ނިންމަންޖެހޭ ކަންތައްތަކާއި ނިންމަވާ ކަންތައްތަކުގެ ތެރޭގައި ގާނޫނީ ގޮތުން ބަލަންޖެހޭ އެއްވެސް ކަމެއްވާނަމަ، ލީގަލް ޔުނިޓުގެ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. މިނިސްޓަރ އަދި ޕީ.އެސް ގެ ފަރާތުން ސީދާ އެހެން މުއައްސަސާތަކާއި ވާހަކަ ދައްކަވައިގެން ކުރިޔަށް ގެންދަވާ ކަންތައްތަކުގައި އެ ދެބޭފުޅުންނަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  5. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޑްރާފްޓްތައް ހެދުމާއި އުޞޫލުތައް ހެދުމާއި ނިންމާ ނިންމުންތައް ތަންފީޒު ކުރުމާއި މިހުރިހާ ކަންތައްތަކެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  6. މިނިސްޓަރ ކަނޑައަޅުއްވާ ޕޮލިސީސްތަކުގެތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ކަންކަން ތަންފީޒު ކުރެއްވުމަށްޓަކައި ސެކްޝަނަށް އެންގުމާއި އެކަންކަން ކުރިޔަށްދާގޮތުގެ އަޕްޑޭޓްސް ހޯދާ މިނިސްޓަރއަށް ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. މިނިސްޓަރ ޖަވާބުދާރީ ވެލައްވަންޖެހޭ ކަންތައްތަކުގެތެރެއިން ކޯޕަރޭޓް އެފެއާޒާ ގުޅުންހުރި ކަންތައްތައް ސެކްޝަނުން ކުރިޔަށްދާ މިންވަރު ބަލައި އަވަސްކުރުވަންޖެހޭ ނަމަ، އަވަސްކުރުވައި މިނިސްޓަރ / ޕީއެއްއަށް އެމަޢުލޫމާތު ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  8. މިނިސްޓަރ / ޕީ.އެސް ރާއްޖެއިންބޭރަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ކޮންމެ ތިންދަތުރަކުން އެއްދަތުރުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމާއި ދަތުރުފުޅު ނިމުމުން ދަތުރު ރިޕޯޓު ތައްޔާރުކުރައްވައި ބަޖެޓަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ރާއްޖޭންބޭރުން ވަޑައިގަންނަވާ ބޭރުގެ އެންމެހާ ޑެލިގޭޝަންތަކަށް މެހުމާންދާރީ އަދާކުރުމާއި އެބޭފުޅުންނާގުޅޭގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ކޮންމެ ތިން ފަހަރަކުން އެއްފަހަރު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  10. މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެންމެހާ އެގްރީމެންޓު ތަކާއި އެމް.އޯ.ޔޫ ތައް ބެލެހެއްޓުމުގައި އެހީތެރިވުން
  11. މިނިސްޓަރ ސެކްރެޓޭރިއޭޓުގެ އަހަރީ ރިޕޯޓު ލިޔެ އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓަށް ފޮނުވުމަށް އެހީތެރިވުން
  12. ޖެމްސުން އިސްލާމިކް މިނިސްޓްރީއަށް ލިބޭ އެންމެހާ ލިޔުންތަކަށް ޖަވާބުދާރީ ވެވެމުންދޭތޯ ބެލުމުގޮތުން ކޯޕަރޭޓް ޑިވިޝަނަށް ލިބޭ މެއިލްތައް ބަލައި، ލަސްވާ ކަންތައްތައް އަވަސްކުރުވުމަށް މަސައްކަތްކުރުން.
  13. އިސްލާމީ އެކި ގައުމުތަކުން އިސްލާމީކް މިނިސްޓްރީ މެދުވެރިކޮށް ކުރަންބޭނުންވާ ކަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކޮންމެ 3 ފަހަރަކުން އެއްފަހަރު އިސްވެ ޙަރަކާތްތެރިވުން
  14. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސަޕޯޓް އޮފިސަރ (ޖީ.އެސް 1ން ޖީ. އެސް 4 އަށް )

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު /ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

230

100

100

 މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ޖަނަވަރީ 17 އާ 28 އާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" އިން  (http://www.csc.gov.mv/dv/recruitment-usoolu)ލިބެން ހުންނާނެއެވެ.

 
22 ޑިސެންބަރު 2020
ހޯދާ