ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުވެނައިލް ރެސިޑެންޓް ސެންޓަރ އަޅާ ބިމުގެ ރުއްގަހުގެ މިލްކުވެރިކަމާގުޅޭ:

ޖުވެނައިލް ރެސިޑެންޓް އެޅުމަށް މިރަށުން ފާހަގަކޮށްފައިވާ ބިމުގައި ( ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ހުޅަނގުން އަމީނީމަގާއި ލައިނޫފަރުމަގާއި ދެމެދުން) ހުރި ރުއްގަހުގެ ބަދަލުހަމަޖެއްސުމަށްޓަކައި ހުދުކުލައިން ނަންބަރު ޖަހާފައިވާނެއެވެ.

ވީމާ އެ ރުއްގަހުގެ ވެރިން 31 ޑިސެމްބަރ 2020ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ.

މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިއަދުން ފެށިގެން މިސަރަހައްދުން އެއްވެސް ރުއްގަހެއް މިއިދާރާގެ ހުއްދަނެތި ނަގައިގެން ގެންދިޔުމާއި އެހެންފަރާތަކަށް ދީ ނުވަތަ ވިއްކައި ހަދައިގެން ނުވާނެ ވާހަކަވެސް ދަންނަވަމެވެ.

އަދި ރުއްގަސްފިޔަވައި އެހެންތަކެތި އެތަކެތީގެ ވެރިން މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ.

21 ޑިސެންބަރު 2020
ހޯދާ