މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް – މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ އާއި ގުޅޭ

އިޢުލާން

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް – މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ އާއި ގުޅޭ

 

މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ވާރލްޑް ބޭންކުގެ ހިލޭއެހީއާއި ލޯނުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތަންފީޒު ކުރާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ސާރވޭ މަސައްކަތް ރާއްޖޭގެ އެކިއަތޮޅުތަކުން ރަށްރަށުގައި 20 ޑިސެމްބަރ 2020 އިން ފެށިގެން 28 ފެބްރުއަރީ 2021 އާއި ހަމައަށް ކުރިއަށް ދާނެއެވެ. މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަމަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެކެވެ. މި ދިރާސާއިން ހޯދޭ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތަކެވެ. ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޝާއިޢުއެއް ނުކުރެވޭނެއެވެ.

މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ފޯން ސާރވޭއަކާއި އަދި މިކަމާއި ގުޅުންހުރި ފަރާތްކާއިއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައެވެ. މީގެ އިތުރުން މިސާރވޭއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާރވޭކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ސާރވޭއެއް ކަމުގައިވެސް ދެންނެވީމެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

06 ޖުމާދަލްއޫލާ 1442

21 ޑިސެމްބަރ 2020

21 ޑިސެންބަރު 2020
ހޯދާ