ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2020/ 70
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ކުރަންޖެހިފައިވާ ބައެއް ކަރަންޓު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 22 ޑިސެމްބަރ 2020 އިން ފެށިގެން 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 12:00 އާއި ދެމެދު ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމައްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެއްވުމުން މިއިދާރާއިން ހަވާލުކުރާ ރަޖިސްޓްރީކުރިކަން އަންގައިދޭ ލިޔުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ.މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ކުރަންޖެހިފައިވާ ބައެއް ކަރަންޓު މަސައްކަތް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަތަސް ރަޖިސްޓްރިކުރުމަށް ބަޔާންކުރާ ސުންގަޑީގެ ކުރިން އިދާރާގައި ރަޖިސްޓްރީކުރެވިފައިވާނަމަ ބިޑް ހުށަހެލުމުގެ ފުރުސަތުއޮންނާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް މީޓިންގ ބޭއްވޭ ތާރީޚް ތިރީގައި މިވަނީއެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީ ބިޑް މީޓިންގ |
ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ |
27.12.2020 |
އާދީއްތަ |
13:00 |
ބިޑް މީޓިންގ |
ގދ.ފަރެސްމާތޮޑާ ކައުންސިލް އިދާރާ |
31.12.2020 |
ބުރާސްފަތި |
13:00 |
ޕްރީ ބިޑް މީޓީންއާއި ބިޑް މީޓިންއަށް ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރި ވުމުގެ ފުރުސަތު ނުދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.