ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާނު

މި އޮފީހުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުން

މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް 26 ފެބުރުވަރީ 2020 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2020/11) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ، އަލުން އިޢުލާނު ކުރަމެވެ.

މި ތަކެތި ނީލަން ކިޔުން، 2020 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގެ ގޯތި ތެރޭގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2020 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11 އަށް ރިހިޖެހިކޮއްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2020 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ރިހިޖެހިކޮއްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަމުގައި ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، މި އޮފީހަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންދަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

5  ޖުމާދަލްއޫލާ 1442

20 ޑިސެންބަރު 2020
ހޯދާ