މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

ރުއްގަހުގެ ވެރިން ހޯދުމަށް

                  މިރަށު ފިރޯޒު މަގުގެ އުތުރު ފަރާތުން ފީރޯޒުގެ އިން ފެށިގެން ހުޅަނގަށް ގޮސް ހާސިލް ގެއާއި ދެމެދު ހިމެނޭ ގޯތިތަކާއި އިންވެގެން (އެގޯތިތަކުގެ އުތުރުފަރާތުން) ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ އުތުރުން ހަދާ މަގަށް އަރާގޮތަށް ހުރި ބަދަލުދޭންޖެހޭ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ. މިގޮތުން އެ މަގު ހެދުމަށްޓަކައި ކަނޑަންޖެހޭކަމަށް ފާހަގަކުރެވޭ ރުއްގަހުގައި މިކައުންސިލްގެ ފަރާތުން ރީނދޫކުލައިގެ ދަވާދުން ވާނީ ނަންބަރެއް ޖެހިފައެވެ.

                  ވީމާ، ދެންނެވުނު މަގު ހަދާ ބިމުގައި ކައުންސިލްގެ ފަރާތުން ރީނދޫކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ރުއްގަހުގެ ވެރިން 27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:30 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނަންތާލެވޭނެކަމާއި މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

20 ޑިސެންބަރު 2020
ހޯދާ