މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

ރުއްގަހުގެ ވެރިން ހޯދުމަށް

                  މިރަށުގައި އާރު.އޯ ޕްލާންޓެއް ޤާއިމުކުރުމަށްޓަކައި މިރަށު ކޮށިމަގުގެ އިރުމަތި ފަރާތުން ދިރާގު ސައިޓާއި އިންވެގެން ކަނޑައަޅާފައިވާ ބިމުގައި ހުރި ބަދަލުދޭންޖެހޭ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ. މިގޮތުން އެ ބިމުން ކަނޑަންޖެހޭކަމަށް ފާހަގަކުރެވޭ ރުއްގަހުގައި މިކައުންސިލްގެ ފަރާތުން ރަތްކުލައިގެ ދަވާދުން ވާނީ ނަންބަރެއް ޖެހިފައެވެ.

                  ވީމާ، ދެންނެވުނު ބިމުގައި ކައުންސިލްގެ ފަރާތުން ރަތްކުލައިން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ރުއްގަހުގެ ވެރިން 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނަންތާލެވޭނެކަމާއި މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

16 ޑިސެންބަރު 2020
ހޯދާ