ފައިނު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

2021ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި (IUL)GS129/2020/06ނަމްބަރު އިއުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބްފުރިހަމަނުވާތީ، އެއިއުލާން ބާތިލްކޮށް، އަލުން އެފުރުސަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

  • މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 16ޑިސެމްބަރ 2020 އިން  22 ޑިސެމްބަރ 2020 ގެ ނިޔަލަށް މި ސުކޫލަށް ވަޑައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  23ޑިސެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00ގައި ފައިނު ސުކޫލުގައެވެ.

ނަންނޯޓްކުރުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

16 ޑިސެންބަރު 2020
ހޯދާ