ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

އިއުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމަށް ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ނަންނޯޓް ކޮށްފައި ނުވާތީ ދެވަނަ ފަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020ޑިސެމްބަރ 17 އިން 2020 ޑިސެމްބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

  3.   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020ޑިސެމްބަރ 22 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4.  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020ޑިސެމްބަރ 22 ވާ އަންގާރަ ދުވަހުގެ 13:00ގައި މިސްކޫލްގައެވެ.

  5. ބީލަން ހުޅުވުން އޮންނާނީ 2020ޑިސެމްބަރ 24 ވާ  ބުރާސްފަތިދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

  6.  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7.  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި / ފޯން: 6540580

އީ-މެއިލް: [email protected]

01 ޖުމާދުލްއޫލާ 1442

16 ޑިސެމްބަރ  2020

16 ޑިސެންބަރު 2020
ހޯދާ