ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

      ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާހެއް ނެތް ފަރާތްތަކަށްވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނެއް މިސެންޓަރުންދަނީ ބާއްވަމުންނެވެ. މިގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ ބުރުގެ އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ. މާލޭގައި މި އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގެ  A4-14ވަނަ ކުލާސްރޫމްގައެވެ. ކެމްޕަސްތަކުގައިނަމަ އެގްޒާމް ހެދުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މި އިމްތިޙާންގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާން ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާން ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  • އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް) ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށް ނުވަތައިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ދެއްކުމަށްފަހު، 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމް ހުށެހެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ އޮންލައިން އެޕްލިކޭޝަން ފޯމުގައި އައި.ޑީ ކާޑުގެ ޕޮޓޯއަކާއި، ޔުނިވަރސިޓީއިން ދީފައިވާ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފީ ދެއްކިކަމުގެ ރަސީދު ހިމަނަންވާނެއެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް، އެމް.އެން.ޔޫ ވެބްސައިޓުން ނުވަތަ މި ލިންކު https://mnu.edu.mv/entrance-exam/ އިން ލިބޭނެއެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން، ފައިސާދެއްކުމަށްފަހު، ޓްރާންސެކްޝަން ރިސިޕްޓް [email protected] އަށް އީ-މެއިލްކުރެއްވުމުން ފައިސާދެއްކިކަމުގެ ރަސީދު، އީ-މެއިލްއަށް ފޮނުވޭނެއެވެ. އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ ފޯމުގައި ހިމަނަންވާނީ، ޔުނިވަރސިޓީއިން ދޭ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފައިސާދެއްކިކަމުގެ ރަސީދެވެ.

އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކު އެކައުންޓުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެކައުންޓް ނަންބަރު:  7701101374001

އެކައުންޓްގެ ނަން :  The Maldives National University

ބޭންކް:         Bank of Maldives

 

މި އިމްތިޙާނުގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. އިތުރު މައުލޫމާތު ހޯދެއްވުމަށް [email protected]  މެއިލް ކުރެއްވުން އެދެމެވެ.

16 ޑިސެންބަރު 2020
ހޯދާ