ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކުރުން

     މިރަށު ދެކުނު ފަރާތު އަތިރިމަތީގައި ހުރި ރައްޔިތުންގެ ރުއްތައް ސިޓީލާ ނީލަމުގައި 2 އަހަރު ދުވަހަށް ވަރުވާއަށް ލިޔެދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެރުއްތަކުގެ 01 ( އެކެއް ) އަހަރު ދުވަހުގެ ވަރުވާ ފެށޭ އަގަކީ 3500.00 ރ ( ތިންހާސް ފަސްސަތޭކަ ރުފިޔާ/-) އެވެ. ހުށަހަޅާފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100.00 ރ ( އެއްސަތޭކަ ރުފިޔާ/- ) އެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 2 ދުވަހު 13.45 ހިނގާއިރު އެއްއަގެއް އޮވެއްޖެނަމަ ، އެއަގު ހުށައެޅުއްވި ފަރާތަކަށް ރުއްތައް ވަރުވާއަށް ލިޔެދެވޭނެއެވެ. އެވަގުތަކު ހުށައެޅިފައިވާ އަގު މިއިދާރާގެ ގޯތީގެ ހުޅަނގު އިންފާރުގައި ހުންނަ ނޯޓިސްބޯޑްގައި ބަހައްޓާފައި ހުންނާނެއެވެ. 

     އަދި ދަންނަވަމެވެ. ރުއްތައް ވަރުވާ ކާމިޔާބު ކުރާފަރާތަކުން ރުއްތަކާއި ޙަވާލުނުވެ ދޫކޮށްލަން ބޭނުންވި ނަމަވެސް އެފަރާތަކުން ވަރުވާ ކާމިޔާބުކުރާ އަގުގެ ދެ މަސްދުވަހަށް ޖެހޭފައިސާ މިއިދާރާއަށް ދައްކަންޖެހޭނެ އެވެ. ރުއްތަކުގެ 1 އަހަރުގެ ވަރުވާ އަށްވާ ފައިސާ ދައްކަން ޖެހޭނީ އެއް ފަހަރާއެވެ.      

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

16 ޑިސެންބަރު 2020
ހޯދާ