މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަސިންޖަރުން އަރާފައިބާ ސިޑި ހިޔާކުރުން

މިރަށުގެ ބަނދަރުގައި ޕަސިންޖަރުން އަރާފައިބާ ސިޑި، އަމިއްލަ ތަކެތީގައި ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމާއިގުޅޭ މަޢުލޫމާތު، މިއިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، އެމަޢުލޫމާތު 2020 ޑިސެމްބަރު 16 ން ފެށިގެން 2020 ޑިސެމްބަރު 28 ވަނަދުވަހުގެ 13:30 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:30 އާއި ދެމެދު، މިޢިއުލާނާއެކު އެއްހީރަސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުންނާއި، ކައުންސިލް އިދާރާއިން ލިބިލައްވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

އަންދާސީ ހިސާބު ހުށަހެޅުން

29 ޑިސެމްބަރު 2020 (އަންގާރަ)

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 2014/18(ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޑިސެންބަރު 2020
ހޯދާ