ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން އައްޑޫ ސިޓީގައި ބިނާކޮށްފައިވާ ސިޓީ ބާޒާރުގެ ފިހާރަތަކުގެ ތެރެއިން 3 ފިހާރަ ފަހަތަށް ބޮޑުކުރުމާއި، ފާހާނާ ބަރިއެއް ހެދުމާއި، ކޮފީ ޝޮޕެއް ހެދުމާއި މީގެ އިތުރަށް 3 ފިހާރަ އެޅުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 03 ޖަނަވަރީ 2120 ވާ އާދީއްތަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން "ހިތަދޫ ސިޓީ ބާޒާރުގެ ދެވަނަ ފިޔަވަހީގެ ފިހާރަތައް ޢިމާރާތްކުރުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ‘
  5. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

30 ރަބީޢުލްއާޙިރު 1442ހ.

15 ޑިސެންބަރު 2020
ހޯދާ